ނިހާނަށާ ޕީޕީއެމްގެ ސަޕޯޓަރުންނަށް ޝައިޚު ޢަލީ ޒައިދުގެ މެސެޖު: ފޭކް ލިސްޓެއް ނެރެ ދޮގުހަދައި، އޮޅުވާލީމާ ވެއްޓުނީ އަމިއްލަ އަގު.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނިހާނަށާ ޕީޕީއެމްގެ ސަޕޯޓަރުންނަށް ޝައިޚު ޢަލީ ޒައިދުގެ މެސެޖު: ފޭކް ލިސްޓެއް ނެރެ ދޮގުހަދައި، އޮޅުވާލީމާ ވެއްޓުނީ އަމިއްލަ އަގު.
"ޝައިޚުންގެ ފޮޓޯޖެހި ފޭކް ލިސްޓެއް ނެރެގެން ދޮގުހަދައި، އޮޅުވާލަން އުޅުމުން ވެއްޓުނީ އަމިއްލަ އަގު. މިހެންވެ ބުނެލަން ބޭނުންވަނީ ދެން ވެސް އޮޅުވައިލުމާއި މަކަރު ނުހަދާށެވެ! މަކަރުހަދާމީހުން ވާނީ ހަމަ ފެއިލޭ! ތިއަ އޮޅުވާލަނީ އަމިއްލަ ނަފްސަށޭ! މިއީ ހެޔޮ ހިތުން ދޭ ނަޞޭޙަތެއް!"

މިއީ އައްޝައިޚް ޢަލީ ޒައިދު ކުރައްވަވާފައިވާ ޓްވީޓެކެވެ.

ނިހާނާއި ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ގެންދަނީ ޕީޕީއެމަށް ސަPޯޓުކުރާ ކަމަށްބުނެ 66 ދީނީ އިލްމުވެރިއެއްގެ ފޮޓޯޖެހި ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުކުރުވަމުންނެވެ.

މިފަދަ ކަންކަމުގައި ޢާންމުކޮށް ބަސްފުޅެއް ވިދާޅުނުވާ އައްޝައިޚް ނިމާލް މުޙައްމަދު ފަދަ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި އެ ލިސްޓުގައި ހިމަނާފައިވާ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ގެންދަވަނީ އެ ލިސްޓަކީ އެއްވެސް ވަރަކަށް މަޝްވަރާ ވެސް ކުރުމެއް ނެތި ނެރެފައިވާ ލިސްޓެއްކަން ހާމަކުރައްވައި ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.

ﷲ ތަޢާލާ ކަނޑައެޅިގެން ހަރާމް ކުރައްވަވާފައިވާ ކަންކަން ހުއްދަކުރާ މީހަކަށް ތާއީދުކުރުމަކީ އެމީހާގެ ދީނީ އިލްމުވެރިކަން ބޭނުންކުރަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމާއިމެދު އެތައް ގިނަ ސުވާލުތަކެއް އުފެދޭނެ ކަމެކެވެ.


މިއަދު އޮންލައިން