ޙަޤިޤީ ޕީޕީއެމަކީވެސް ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް ކަމަށާއި ކޯލިޝަން ސަރުކާރުގައި ޕީޕީއެމްގެ ހިއްޞާ ވެސް އޮންނާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އއ ތޮއްޑޫގައި މިއަދު ވާހަކަފުޅުދައްކަވަމުން އިބޫވަނީ ޕީޕީއެމްގެ މެންބަރުން އިންތިޚާބުކުރި ޕާޓީގެ ރައީސް އާއި ހިންގާ ކޮމިޓީ މިހާރު ކޮބައިތޯ ސުވާލުކުރައްވައިފައެވެ. "އެހެންވީމާ ކޯލިޝަނުގެ ސަރުކާރުގައި ހަޤީޤީ ޕީޕީއެމްގެ ބައިވެރިވުން އޮންނާނެ."
އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސަރުކާރަކަށް ކަމަށެވެ. ހުރިހާ ސިޔާސީ ޕާޓީތަކުގެ ވެސް ސަރުކާރަކަށް ކަމަށެވެ.
އިބޫ ވަނީ ތޮއްޑޫއަށް ރައްޔިތުން ބޭނުންވެގެން ތިބި ހުރިހާ ކަންކަން ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.