އެންސިސްގެ ފޭރުމުގައި އަންހެނެއް ވެސް ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ
އެންސިސްގެ ފޭރުމުގައި އަންހެނެއް ވެސް ހައްޔަރު ކޮށްފި
ފުޅާދާއިރާ އެއްގައި ރާއްޖޭގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒް އިން 2.7 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި އިތުރު ދެ މީހަކު އިއްޔެ ހައްޔަރު ކޮށްފި ކަމަށާއި އޭގެ ތެރޭގައި އަންހެނެއް ވެސް ހިމެނޭ ކަމަށް ފުލުހުން މިއަދު މައުލޫމާތު ދީފިއެވެ.

ފޭރުމުގެ މިމައްސަލައާއި ގުޅިގެން އިއްޔެ ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ.

ފުލުހުން ބުނީ އެދެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެއިން ކަމަށެވެ. އަދި އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރު ކޮށްފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެންސިސް ފިހާރައިން ފޭރުނު މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު އުމުރުން 22 އަހަރުގެ މީހަކު ވެސް ހައްޔަރު ކޮށްފައިވެއެވެ.

އެންސިސް ގެ ފައިސާތައް މިދިޔަ ޖުލައި މަހު މަގުމަތިން ފޭރިގަތީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކުގެ ބްރާންޗުބް ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަށް އަރަން އުޅެނިކޮށް، އެހިސާބުން ސައިކަލެއްގައި ދިޔަ ބައެކެވެ.
މިއަދު އޮންލައިން