ކުރީގެ ރައީށް މައުމޫން އަދުލް ޤައްޔޫމް ގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މިއަދު ވަނީ އައިޖީއެމްއެޗް އަށް ގެނެސްފައެވެ.
މިއަދު ނަދީމު ޑޮކްޓަރަށް ދެއްކުމްށަށް އައިޖީއެމްއެޗް އަށް ގެންގޮސް ފައިވަނީ ޑޮކްޓަރަށް ދެއްކުމަށް ކަމަށް މައުމޫން ރީފޯމް މޫވްމަންޓްގެ އޮފިޝަލަކު ހާމަ ކޮށްފައި ވެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ނަދީ ހައްޔަރުކޮށްފައި ވަނީ ކުލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަސްފަހުއެވެ.
ނަދީމު ހައްޔަރު ކުރެވުނީ އޭނާގެ މައްޗަށް ޓެރެރިޒަމްގެ ދައުވާއާއި ގާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރި ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން އުފުލާފައި ވާތީއެވެ. އެގޮތުން އޭނާގެ މައްޗައް ކޮށްފައި ވާ ދައުވާތަކުގެ ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ކުރީގެ ރައީސް މައުމޫން ވެސް ވަނީ މިއަދު އެމްއާރުއައި އެއް ހެއްދުމަށް އައިޖީއެމްއެޗަށް ގެނެސްފައެވެ.