ހދ. ކުޅުދުއްފުށީގައި އަޅާ އެއާޕޯޓްގެ ރަންވޭގެ 1000 މީޓަރުގައި ތާރު އަޅައި ނިމްމައިފިއެވެ.
އެ އެއާޕޯޓު ހެދުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އަދި އިތުރު 200 މީޓަރުގައި ތާރު އަޅާނެ ކަމަށެވެ.
އެއާޕޯޓު ހެދުމަށް ރަށުގެ އެ ސަރަހައްދަގައިވާ 18 ގެއެއް ނެގުމަށްހަމަޖައްސާފައި ވާއިއު ބައެއް ގެތައް ތަޅާލުމުގެ މަސައްކަތް މިހާރު ދަނީ ކިރިއަށް ދަމުންނެވެ. އަދި އެއާޕޯޓު އެޅުމަށް އެރަށުގައި ވާ ކުޅިން ބަބަޔަކާއި ފަޅުން ބައެއް ވަނީ ހިއްކާފައެެވެ.
ވަރަށް ފަހުން ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަމުން ވިދާޅުވީ، 23 ސެޕްޓެމްބަރުގެ ރަޔާސީ އިންތިހާބުގައި ވޯޓުލުމަށް އެރަށައް އަންނަން ބޭނުންވާ ފަރާތްތަކަށް ފްލައިޓުގައި ކުޅުދުއްފުއްޓަށް އާދެވޭ ވަރަށް އެއާޕޯޓް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.