ޤައުމުގެ ޙާލަތު އަބަދުވެސް ބަދަލުކުރީ އަންހެނުން، ބައްޕައިންތަކަށް ލިބެމުންދާ އަނިޔާ ހުއްޓުވައި ބަދަލުކުރާނީ މިފަހަރުވެސް އަންހެނުން: ޢައިޝާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޤައުމުގެ ޙާލަތު އަބަދުވެސް ބަދަލުކުރީ އަންހެނުން، ބައްޕައިންތަކަށް ލިބެމުންދާ އަނިޔާ ހުއްޓުވައި ބަދަލުކުރާނީ މިފަހަރުވެސް އަންހެނުން: ޢައިޝާ
ޤައުމުގެ ޙާލަތު އަބަދުވެސް ބަދަލުކުރީ ދިވެހި އަންހެނުން ނުކުމެ ކަމަށާއި، ދިވެހި ބައްޕައިންތަކަށް މިހާރު ލިބެމުންދާ އަނިޔާތައް ހުއްޓުވައި ހާލަތު ބަދަލުކުރާނީ މިފަހަރުވެސް އަންހެނުން ނުކުމެ ކަމަށް ޖޭޕީގެ ކައުންސިލް މެންބަރު، ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ އދ މާމިގިލީގައި ބޭއްވި ޖަލްސާގައި ޢައިޝާ ވިދާޅުވީ އަރިއަތޮޅަށް ބެލިނަމަވެސް މާމިގިލިއަށް ބެލި ނަމަވެސް އަދި މުޅި ރާއްޖެއަށް ބެލިނަމަވެސް ޤާސިމް އިބްރާހީމް ނެތުމުގެ އުނިކަން ހިއްސާ ކުރާ ކަމަށެވެ. ޚާއްޞަކޮށް މާމިގިލި އަދި އަރިއަތޮޅުގައި އެ އުނިކަން މާބޮޑު ކަމަށެވެ.

ޢައިޝާ ވިދާޅުވީ އެކަމަނާގެ ކުޑަކުޑަ 6 ދަރިންގެ ބައްޕަ ޤާސިމް އިބްރާހީމް އާއި އެނޫންވެސް އެތައް ގިނަ ދަރިންތަކުގެ ބައްޕައިން ސަރުކާރުން އެ ދަރިންނާއި ވަކިކުރުވައި ޖަލުގައި ބަންދުކުރުމުން ދަރިންނަށާއި އާއިލާތަކަށް ލިބެމުން އަންނަ އަނިޔާތަކުން ބައްޕައިން ސަލާމަތް ކުރަން ނުކުންނަން ހުރިހާ ދިވެހި ކަނބަލުންނަށް ޖެހިފައިވާ ކަމަށެވެ.

ޢައިޝާ ވިދާޅުވީ ގޭގޭގެ ބަދިތަކުން ފެށިގެން މަސްވެރިކަމުގެ ސިނާއަތާއި އަދި އެނޫންވެސް ދާއިރާތައް ކުރިއަރައިގެން އައީ ހަމަ ހިއްވަރު ގަދަ ދިވެހި ކަނބަލުންގެ މަސައްކަތުން ކަމަށާއި ރާއްޖޭގެ ހުރިހާ ދާއިރާތަކެއްވެސް ކުރިއަރައިގެން އައިސްފައިވަނީ ދިވެހި ކަނބަލުންގެ ފުރިހަމަ ބައިވެރިވުމާއިއެކު ކަމަށެވެ. އެހެންކަމުން ދިވެހި ކަނބަލުންނަކީ އަބަދުވެސް ކެރިގެން ކުރިމަތިލައި ކާމިޔާބު ހޯދަމުން އަންނަ ބައެއް ކަމަށެވެ.
މިއަދު އޮންލައިން