މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަހުސް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރިޔާސީ ބަހުސާއި ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ލިބިފައި ނުވިނަމަވެސް، ޤައުމީ ޔުނިވާސިޓީގެ އޮފިޝަލަކު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުގެ ރޭ 21:00 ގައި ރިޔާސީ ބަހުސް ބޭއްވުމަށް ނިންމާފައިޥާ ކަމަށެވެ.
ބަހުސް ގެ ކަންކަމުގައި އުޅޭ ބައެއް ފަރާތްތަކަށް އެމްއެންޔޫ އިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެއް ކެންޑިޑޭޓް ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް ބަހުސް ކުރިއަށް ގެންދިޔުމަށް އެމްއެންޔޫ ގެ ޓެކްނިކަލް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
އެމްއެންޔޫ އިން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން މިހާތަނަށް ދެއްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެވެ.