މަރަށް މަރު ހިފާކަށް ނޫޅޭ ‍- އެއީ ސިޔާސީ އުކުޅެއް ކަމަށް ރައީސް ޔާމީން ވިދާޅުވި: އަދީބު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
މަރަށް މަރު ހިފާކަށް ނޫޅޭ ‍- އެއީ ސިޔާސީ އުކުޅެއް ކަމަށް ރައީސް ޔާމީން ވިދާޅުވި:  އަދީބު
މަރަށް މަރު ހިފަން ނޫޅުއްވާ ކަމަށާއި އެއީ ސިޔާސީ އުކުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވެފައިވަނީ މިއަދު ނެރުއްވާފައިވާ ބަޔާނެއްގައެވެ.

މިބަޔާނުގައި އަދީބު ވިދާޅުވެފައިވަނީ އެއީ ދަމާލާ ގުއިރޯނެއްކަމަށާ އޭގައި އިދިކޮޅު ފަރާތްތަކާ ބޭރުގެ ފަރާތްތައް ޖެހޭނެކަމަށެވެ. އޭރުން އެފަރާތްތައްވާނީ ލާދީނީ ބައެއް ކަމަށާއި ރައީސް ޔާމީން ވާނީ ދީން ހިމާޔަތްކުރާ ހަމައެކަނި ފަރާތް ކަމުގައެވެ. ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ ފަސޭހައިން ދީނޭ ކިޔާ ހައްދާލައިގެން، އެބައެއްގެ ވޯޓު އެންމެ ފަސޭހައިން ދަމައިގަނެވޭނީ ދީނަށް ލޯބި ކުރާފަރާތްތަކުގެ އަތުން ކަމުގައެވެ. މިއީ ތަޖުރިބާގެ އަލީގައި ދައްކާ ވާހަކައެއްކަމާ، ދެންވާގޮތް ބަލަން ހުރުމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދީނީ އިލްމްވެރިން އެމަނިކުފާނުގެ ފަހަތައް އަރާނެކަމަށް ވިދާޅުވެ ވަރަށް ބާރަށް ހިނިފުޅުވެޑުވިކަމަށެވެ.

މަރަށް މަރު ހިފާނެކަމަށް ރައީސް ޔާމީންގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިއަދު އޮންލައިން