ޚިޔާނާތްތެރިން ދިފާޢުކޮށް ވަކާލާތު ކުރުމަކީ ﷲ ގެ ވަހީ ބަސްފުޅަށް ގޮންޖެހުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޚިޔާނާތްތެރިން ދިފާޢުކޮށް ވަކާލާތު ކުރުމަކީ ﷲ ގެ ވަހީ ބަސްފުޅަށް ގޮންޖެހުމެއް!
ޚިޔާނާތްތެރިން ދިފާޢުކޮށްދީ އަދި ޚިޔާނާތްތެރިންނަށްޓަކައި އެމީހުންގެ ދިފާޢުގައި ވަކާލާތު ކުރުމަކީ ﷲ ގެ ވަހީ ބަސްފުޅަށް ގޮންޖަހައި ކުރަމުން ގެންދާ ކަންކަން އެނގެނީ ކީރިތި ޤްރްއާނުގެ އައްނިސާ ސޫރަތުގެ 107 ވަނަ އާޔަތުންނެވެ.

"އެއުރެންގެ އަމިއްލަ ނަފުސުތަކަށް ޚިޔާނާތްތެރިވާ މީހުންގެ ފަރާތުން، ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ! ފާފަވެރިވެ ޚިޔާނާތްތެރިވާ މީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (ސުރަތުއްނިސާ-107)

"ކޮންމެ މުސްލިމަކުވެސް އިލާހީ މި ވަޙީ ބަސްފުޅު ހަނދާނުގައި ބެހެއްޓުން ލާޒިމް. ޚިޔާނާތްތެރިންގެ ދިފާޢުގައި ތިމާގެ ވަގުތު ބޭކާރު ނުކުރައްވާ! ޒާތީ މަޞްލަހަތަށްވުރެ ބޮޑަށް އިލާހީ ގޮވާލެއްވުމަށް އިސްކަންދެއްވާ. އެއިރުން ކާމިޔާބުވާނެ.!"

މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ކުރައްވަވާފައިވާ ޓްވީޓެކެވެ.

ﷲ ތަޢާލާގެ ވަޙި ބަސްފުޅު، ކީރިތި ޤްރްއާނުން މިކަން މިހައި ސާފުކޮށް އެނގެން އޮތް ނަމަވެސް ދީނީ އިލްމުވެރިންގެ ތާޖު އަޅުއްވައިގެން ތިއްބެވި ބައެއް ބޭފުޅުން މިއަދު ކުރައްވަމުން ގެންދަވާ ކެންޕޭނުތަކުން އެބޭފުޅުންގެ ޙަޤީޤަތް ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

ކީރިތި ޤްރްއާނުގެ އާޔަތްތަކާއި ޙަދީޘްފުޅުތަކުގެ އަލީގައި ޝައިޚް އިލްޔާސް ދެއްވަވާ މިފަދަ ނަޞޭޙަތްތަކާއި އިރުޝާދުތަކާއި ގުޅިގެން އެމަނިކުފާނަށް ބައަކު ފާޑުކިޔަމުން ގެންދިއަ ނަމަވެސް އެމަނިކުފާނު ބަޔާންކުރައްވާ އާޔަތެއް އަދި ޙަދީޘްފުޅެއް މިހައިތަނަށް އެމަނިކުފާނަށް ފާޑުވިދާޅުވި އެއްވެސް ބޭފުޅަކު ދޮގު ކުރައްވަވާފައެއް ނުވެއެވެ.

ޝައިޚް އިލްޔާސް ވިދާޅުވަމުން ގެންދަވަނީ ކީރިތި ޤްރްއާނުގެ އާޔަތްތަކާއި ޙަދީޘްފުޅުތަކުގެ އަލީގައި މެނުވީ އެއްވެސް ބަސްފުޅެއް ވިދާޅުނުވާނެ ކަމަށެވެ.


މިއަދު އޮންލައިން