ޤާނޫނު ތަންފީޒުކުރީމާ ހައްޔަރެއް ނުކުރާނަން - ދޭނީ ހިއްވަރު: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޤާނޫނު ތަންފީޒުކުރީމާ ހައްޔަރެއް ނުކުރާނަން - ދޭނީ ހިއްވަރު: އިބޫ
ޤާނޫނު ތަންފީޒުކުރުމުން ނުވަތަ ޤާނޫނު ތަންފީޒުކުރަން އުޅެގެން އެއްވެސް މީހަކު ހައްޔަރު ނުކުރައްވާނެ ކަމަށާއި ދެއްވާނީ ހިއްވަރު ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އދ މަހިބަދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ 1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނުު ޙުކުމް ތަންފީޒު ކުރައްވަން އުޅުއްވުމުން މަހިބަދޫއަށް ނިޞްބަތްވެވަޑައިގަންނަވާ އެއިރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ހައްޔަރުކޮށް ބަންދުގައި ބަހައްޓަމުން ގެންދާ ގެންދިއުން ކުށްވެރި ކުރައްވާ ކަމަށެވެ.

އިބޫ ވިދާޅުވީ ސްޕްރީމް ކޯޓުން ނެރޭ އަމުރުތައް ތަންފީޒު ކުރުމަކީ ޤާނޫނުން ކަމާއިބެހޭ މުއައްސަށާތަކުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށްވާއިރު ސްޕްރީމް ކޯޓުގެ އަމުރެއް ތަންފީޒުކުރަން މަސައްކަތްކުރުމުން އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އެފަދަ ކަމަކާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރައްވާނެ ކަމަށާއި ދެއްވާނީ ހިއްވަރު ކަމަށެވެ.

އިބޫ މަހިބަދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބައަކު ނުކުމެ ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. މަހިބަދޫގައި ދެއްކެވި ވާހަކަފުުޅުގައި ވެސް އިބޫ ވަނީ އެރަށަށާއި ސަރަހައްދުގެ ރަށްތަކަށް ބޭނުންވާ ތަރައްޤީ ހޯއްދަވައިދެއްވަން ވައުދުވެވަޑައިގެންފައެވެ.
މިއަދު އޮންލައިން