މިއަދުގެ ހުކުރު ޚުޠުބާއަށް ޝައިޚް ޢަލީ ޒައިދު 100 އިންސައްތަ ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
މިއަދުގެ ހުކުރު ޚުޠުބާއަށް ޝައިޚް ޢަލީ ޒައިދު 100 އިންސައްތަ ދެއްވައިފި
"ﷲ އަކްބަރު! ކޮންފަދަ ޚުޠުބާއެއް! ހަމަ 100/.100 ސިހުރުގެ ނުބައިކަން، ސިހުރުވެރިންގެ ޙުކުމް، ސިހުރުވެރިންގެ ކައިރިއަށް ދާ މީހުންގެ ޙުކުމް، ސިހުރު ހައްދުވާ މީހާގެ ޙުކުމް ވަރަށް ސާފު."

މިއީ އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވަނީ ސިހުރު ހަދާ މީހާ އާއި ސިހުރު ހައްދުވާ މީހާއަކީ މުސްލިމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވަނީ އަނިޔާ ލިބެމުން އަންނަ މީހުން ދުޢާކުރުން ގިނަ ކުރުމަށް ހިއްވަރުދީފައެވެ. ޚުޠުބާގައި ވަނީ "އެކަލާނގެ އީ އަނިޔާ ދަތި އުނދަގޫ ހާލު ޖެހިފައިވާ މީހުން ކުރާ ދުޢާ އިޖާބަ ކުރައްވަވާ ރަސްކަލާނގެއެވެ."


މިއަދު އޮންލައިން