ހިޔަލީގެ ތާއީދުވެސް އިބޫއަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ހިޔަލީގެ ތާއީދުވެސް އިބޫއަށް!
ރައީސް އަބުދުﷲ ޔާމީން އުފެއްދެވި ޕީއޭގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ، އަދި ރައީސް އަބުދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ހިޔަލީ މުހައްމަދު ރަޝީދު، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

ހިޔަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވަނީ 2 ނަންބަރު ޖައްސަވާފައެވެ. އަދި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލްކުރައްވާ ފޮޓޯއެއް ޕްރޮފައިލްއަށް ވަނީ އަޕްލޯޑްކުރައްވާފައެވެ. މީގެ އިތުރަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ފޮޓޯފުޅެއް ވަނީ ހިޔަލީގެ ޓްވިޓާގެ ކަވަރ ފޮޓޯއެއްގެ ގޮތުގައި ހިމަނުއްވާފައެވެ.

2014 ވަނަ އަހަރު މަޖިލީސް އިންތިޚާބުގައި ހިތަދޫ މެދު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައިވެސް ވާދަކުރެއްވި ހިޔަލީ, ރައީސް މުހައްމަދު ނަޝީދާއި ބައްދަލްކުރައްވަނިކޮށް ނަގާފައިވާ ދެ ފޮޓޯވެސް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

މިއަދު އޮންލައިން