ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ވިސާގެ ދަތިކަމާއި ފައިސާ ލިބޭނެ މަގުތައް ހައްލުކުރަން މަސައްކަތް ކުރާނަން: ފައިސަލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ވިސާގެ ދަތިކަމާއި ފައިސާ ލިބޭނެ މަގުތައް ހައްލުކުރަން މަސައްކަތް ކުރާނަން: ފައިސަލް
ކޯލިޝަންގެ ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ވިސާގެ ދަތިކަމާއި ފައިސާ ލިބޭނެ މަގުތައް ހައްލުކުރަން މަސައްކަތް ކުރައްވާނެކަމަށް ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފައިސަލް ނަސީމް މިއަދު މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅުގައި ކުއާލަމްޕޫރުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނާ ބައްދަލުކުރައްވައި ވިދާޅުވީ ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވިސާގެ ދަތިކަމާއި ފައިސާ ލިބޭނެ މަގުތައް ކަމަށްވާއިރު އެކަންކަން ހައްލުކުރަން ވެރިކަމުގެ ފުރަތަމަ ދުވަހުވެސް މަސައްކަތް ކުރައްވާނެކަމަށެވެ.

ކިޔަވާ ކުދިންނާއި ބެލެނިވެރިން ކުރާ މަސައްކަތް ބޭކާރު ވެގެން ދިޔަ ނުދެއްވާނެ ކަމަށާއި އެބޭފުޅުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ ހުރިހާ ދޮރެއް ހުޅުވައިދެއްވާނެ ކަމަށް ފައިސަލް ވަނީ ވައުދު ވެވަޑައިގެންފައެވެ.

މީގެއިތުރުން މެލޭޝިއާއިން އާސަންދަ ލިބޭނެ އިންތިޒާމް ކޯލިޝަންގެ ވެރިކަމެއްގައި ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
މިއަދު އޮންލައިން