ދޮގުވެރިޔާ އިބިލީސް ބުނީމާ ތެދު ޤަބޫލުކޮށް ޝައިޠާނާގެ ކިބައިން ހިމާޔަތް ހޯދަން ނިދުމުގެކުރިން ކޮންމެ ރެއަކު ކުރުސި ކިޔަމުން ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު ޖަލުގައި އޮވެގެން ދައްކާ، އެކަމުގެ ހެކި ރައްޔިތުންނަށް ފެނިފަވާ ކަންކަމުގެ ވާހަކަތައް ޤަބޫލު ނުކުކުރުމެއް ނެތެވެ.
މީހަކު ޖަލުގައި އޮތުމަކީ އެމީހަކު ދައްކާ ތެދުވާހަކަތައް ޤަބޫލުނުކުރަންޖެހޭ ސަބަބެއް ނޫނެވެ. އެހެނީ އެންމެ ބޮޑު ކުށްވެރިއަކީ ދޮގުވެރިޔާ އިބިލީހެވެ. އިބިލީސް ވެސް ތެދެއް ބުނުމުން (ރޭގަނޑު ނިދުމުގެ ކުރިން ކުރުސި ކިޔެވުމުން ނިދިން ހޭލަންދެން އެމިހާގެ ހިމާޔަތުގައި ﷲ ތަޢާލާ ފާރަވެރިން (މަލާއިކަތުން) ބައިތިއްބަވާނެކަމަށް ބުނުމުން) އެއީ ތެދެއް ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރެއްވެވިކަން އަބޫހުރައިރާ (ރޢ) ރިޔާކުރައްވާފައިވާ ޙަދީޘްފުޅުން ސާބިތުވެއެވެ.
އެކަން ހިތުގެ އަޑިން ޤަބޫލުކޮށް މުސްލިމުން މިދަނީ އެކަންކުރަމުންނެވެ. ވިމާ އަދީބު ކުށެއްކޮށްގެން ޖަލުގައި ބަންދުކޮށްފައިވުމަކީ އެކަމުގެ ހެކި ރައްޔިތުންނަށް ފެނިފަވާ ކަންކަމުގެ ވާހަކަތައް ޤަބޫލު ނުކުކުރުމަށް އޮތް ސަބަބެއް ނޫނެވެ. އޮތީ އަދީބު ދައްކާ ވާހަކަތައް ޤަބޫލުކޮށް ހައްޤަށް ޢަމަލުކުރުމެވެ.
- ފަޟީލަތުއްޝައިޚް އިލްޔާސް ހުސައިން މިއަދު މެލޭސިޔާގައި ދެއްވި ދަރުސުން