އިދިކޮޅު ސަޕޯޓަރުންގެ އައިޑީކާޑް ބޮޑުއަގު ދީފައި ޕީޕީއެމް އިން ގަންނަކަމަށް ދެކެވޭ ވާހަކަތައް އެޕާޓީން ދޮގުކޮށްފިއެވެ.
ޕީޕީއެމް އިން މިއަދު ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އިންތިހާބާއި ދިމާކޮށް މީހުންގެ އައިޑީކާޑު ޕީޕީއެމް އިން ގަންނަކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރާކަމަށެވެ.
ނިހާން ވިދާޅުވީ މީހުންނަށް ބިރު ދައްކައިގެންނާއި ފައިސާ ދީގެން އައިޑީ ކާޑު ގަނެގެން ވޯޓް ލިޔަނުދީ ހިފެހެއްޓުމަކީ ޕީޕީއެމް އިން ކުރާނެކަމެއް ނޫންކަމަށެވެ.
ރިޔާސީ އިންތިހާބާދިމާކޮށް ބޮޑުއަގު ދީގެން އައިޑީކާޑު ގަންނަކަމުގެ ވާހަކަ ދަނީފެތުރެމުންނެވެ.