ފުރުޞަޠު ލިބުނީވެސް މުޅި ޤައުމުގެ މަޞްލަހަތު އިސްކުރުމުން - ވެރިކަމުގަ ވެސް އިސްކުރާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފުރުޞަޠު ލިބުނީވެސް މުޅި ޤައުމުގެ މަޞްލަހަތު އިސްކުރުމުން - ވެރިކަމުގަ ވެސް އިސްކުރާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު: އިބޫ
ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ފުރުސަތު ލިބިވަޑައިގަތީ މުޅި ގައުމުގެ މަސްލަހަތު އިސްކުރައްވައިގެން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާގެ ސަބަބުން ކަމަށާއި އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތާއިއެކު މަސައްކަތް ކުރައްވަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫގެ އުފަން ރަށް ޅ. ހިންނަވަރުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ނުކުމެ ތިބީ ގައުމަށް ދިމާވެފައިވާ ގިނަ ބޮޑެތި ގޮންޖެހުންތައް ހުރުމުން އެހުރިހާ ގޮންޖެހުމަކުން ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ކަމަށެވެ.

އިބޫ ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ޤައުމުގައި އިންސާފު ގާއިމުކޮށް، ކޮރަޕްޝަނާއި ފަސާދަ ނައްތާލައި އަމާންކަން ގާއިމުކުރަން ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ. "އިދިކޮޅު ފަރާތްތަކުން ނުކުމެ މިތިބީ ސިޔާސީ މަގްސަދެއް ހާސިލް ކުރާކަށް ނޫން. ޤައުމާއި ރައްޔިތުން ހިމާޔަތްކުރަން. ސަލާމަތް ކުރަން."

އިބޫ ވަނީ ރައްޔިތުންގެ މަޖިލީހުގައި ޅ. އަތޮޅުގެ މެމްބަރު ކަމުގައި 15 އަހަރު ހޭދަކުރައްވައި އަދި ހިންނަވަރު ދާއިރާގެ މެމްބަރު ކަމުގެ 10 އަހަރާ އެކު، 25 އަހަރު ރައްޔިތުންގެ މަޖިލިހުގައި ޚިދުމަތް ކުރައްވައިފައެވެ.

މިއަދު އޮންލައިން