ފަރެސްމާތޮޑާ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ކިޔުމަށް ހޭދަވާނީ 45ސ
ފަރެސްމާތޮޑާ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި
ގދ. ފަރެސްމާތޮޑާގައި ތަރަށްގީކުރުމަށް ހަމަޖެހިފިވާ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން އިއްޔެ ފަށައިފިއެވެ.

މޯލްޑޮވްސް ޓްރާނސްޕޯޓް އެން ކޮންޓްރެކްޓިން ކޮމްޕެނީ އިން ވަނީ އެރަށުގައި 19.8 ހެކްޓަރުގެ ބިނަ ހިއްކުމަށް ނިންމާފައެވެ. އަދިބިން ހިއްކުމަށްފަހު 888 މީތާރުގެ ރިވެޓްމަޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫއަށް ގާތްގަންޑަކަށް 40.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީއިން ލަފާކޮސްފައި ވެއެވެ. އަދި އެ މަސައްކަތް ނިންމުމަށް 200 ދުވަހުގެ މުދަތު ވަނީ އެ ކުންފުންޏަށް ދީފައެވެ.

އެގޮތުން ފަރެސްމާތޮޑާ އެއާޕޯޓްގެ އަމަލީ މަސައްކަތް އިއްޔެ ފެށިއިރު، މިދިޔަ މަހުގައި އެރަށުގައި ބޭއްވި ރަސްމީއްޔާތުގައި ރައީށް ޔާމީން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަންނަ އަހަރުގައި މަތިންދާބޯޓު ޖައްސާނެ ކަމަށެވެ.
މިއަދު އޮންލައިން