ހުޅުމާލެ ލިންކު ރޯޑުގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 33ސ
ހުޅުމާލެ ލިންކު ރޯޑުގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި
ހުޅުލެ-ހުޅުމާލެ ގުޅުވާލައިފާ ލިންކު ރޯޑުގައި މިއަދު މެންދުރު ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހިނގި މިއެކްސިޑެންޓުގައި އަދި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް ސާފުވާ ގޮތެއް ނުވިއެވެ. ނަމަވެސް އެކްސިޑެންޓުވީ ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެނގިފައިވެއެވެ.



މިއެކްސިޑެންޓާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓު ހިނގި ސަރަޙައްދުގެ މަގުމައްޗަށް ބޯވާތަކެއް ވެސް އެޅިފައިވެއެވެ.

މިއެކްސިޑެންޓާއި ބެހޭ ގޮތުން ފުލުހުންނާއި ހުޅުމާލޭ ހޮސްޕިޓަލުގެ ވެސް ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.
މިއަދު އޮންލައިން