ދިވެހި ޤައުމީ ޓީމަށް ރައީސް ހިތްވަރު ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 34ސ
ދިވެހި ޤައުމީ ޓީމަށް ރައީސް ހިތްވަރު ދެއްވައިފި
ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލްގައި މިއަދު ދިވެހިރާއްޖެއާއި އިންޑިޔާ ބައްދަލުކުރާ މެޗުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދެއްވައިފިއެވެ.

ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއަށް ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެޗަށް ފުރިހަމައަށް ތައްޔާރުވުމަށާއި، ހުރިހާ ދިވެހިން ފަޚުރުވެރިވާނެ ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޓީމުގެ ކިބައިން އެދިވަޑައިގަތެވެ.

ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލް މެޗް އޮންނާނީ މިއަދު ރާއްޖޭ ގަޑިން 18:00 ގައި ބަންގްލަދޭޝްގައެވެ.
މިއަދު އޮންލައިން