ރައީސް ޔާމިން ސ. އަދި ޏ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލުމަށް ފަހު މާލެ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ރައީސް ޔާމިން ސ. އަދި ޏ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލުމަށް ފަހު މާލެ ވަޑައިގެންފި
އައްޑޫ އަތޮޅަށާއި، ފުވައްމުލަކަށް ކުރެއްވި ދަތުރު ނިންމަވާލުމަށްފަހު ރައީސް އަބްދުﷲ ޔަމީން މިއަދު މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅުގައި ސ. ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމިގެ ޚިދުމަތާއި، ފެނުގެ ޚީދުމަތް ވަނީ އިފްތިތާހު ކޮށްދެއްވާފައެެވެ. އަދި އެރަށުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާއި ފޮޝަރީސް ކޮމްޕްލެކްސް ހުޅުވައި ދެއްވާފައި ވެއެވެ. އޭގެ އިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް ފާހަގަ ކޮށްދެއްވިއެވެ.

އޭގެ އިތުރުން ހިތަދޫއަށް ވަޑައިގެން އެރަށުގައި ޤާއިމް ކޮށްފައިވާ ހައުސިް ޔުނިޓުތަކާއި ނޭޗާރ ޕާކާއި ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުވައިދެއްވުމުގެ އިތުރުން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވިއެވެ. އަދި ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފައށްޓަވައި ދެއްވައި، ފޭދޫ ބިން ހިއްކުމުގެ މަޝްރޫއު ނިން މުން ވެސް ވަނީ ފާހަގަ ކޮށްދެއްވާފަވެއެވެ.

އެ ދަތުރުފުޅުގައި ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގެ ވެސް ނަރުދަމާގެ ޚިދުމަތް ފައްތަވައި ދެއްވައި، އެރަށު ގާއިކޮށްފައިވާ ހައުސިން ޔުނިޓުތަކާއި، ނޭޗާރ ފާކު ހުޅުވައިދެއްވިއެވެ. އަދި އެރަށު ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިމުން ވެސް ވަނީ ފާހަގަކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މަރަދޫފޭދޫގެ ރައްޔިރުންނާ ވެސް ބައްދަލުކޮށްލައްވާފައެވެ.
މިއަދު އޮންލައިން