މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ހަރަކާތްތެރި ވާ ތިން އޮފިސަރުން އެންޓިކެންޕެއިންގެ ތުހުމަތުގައި ވަޒީފާ އަދާ ކުރަމުން އަންނަ މަގާމް ބަދަލުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން، މާލޭ ގަލުގެ ޑިރެކްޓަރު އެސްޕީ މޫސާ އަންވަރު ގެ އިތުރުން އައްސޭރި ޖަލުގެ ޑިރެކްޓަރު އެސްޕީ މުހައްމަދު ޝާހީން އަލީ ވަނީ މާލޭގެ ހެޑް އޮފީހަށް ބަދަލުކޮށްފައެވެ. އަދި މާލެ ޕްރިޒަންގެ ޑެޕިއުޓީ ޑިރެކްޓަރު އިބްރާހިމް އަފީފް ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.
އެންޓި ކެންޕެއިން ކުރުމުގެ ތުހުމަތުގައި މި މަހުގެ 12 ވަނަ ދުވަހުުގައި ތިން ބޭފުޅުން މަސައްކަތް ކުރަމުން ދިޔަ މަގާމު ބަދަލު ކޮށްފައިވާއިރު، އިދިކޮޅު ގުޅިފައި ވާ އިއްތިހާދު މިމަހު އައް ވަނަ ދުވަހުގައި ބޭއްވި ޖަލްސާގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ސުވާލުކުރެވުނު ކަމަށް ވެސް ވެއެވެ.
އެގޮތުން ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ މިކަމާގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެންފައި ނުވާކަމަށެވެ. އަދި އެ ތިން އޮފިސަރުންނައި ގުޅެގޮތުން ކަރެކްޝަންސްގެ ވެބްސައިޓުގައި ވާގޮތުން އެ އޮފިސަރުން މަސައްކަތް ކުރަމުން އައި ތަން ބަދަލުކުރެވުނީ ރިޔާސީ އިންތިހާބާއި ގުޅިގެން ބާއްވާ އޮޕަރޭޝަންގެ ކަންތައްތައް ސެންޓްރަލީ ކޮންޓްރޯލްކޮށް އަދި އެކަން ބެލެހެއްޓުމަށް ކަމަށް ލުގްމާން ވިދާޅުވިއެވެ.
އެ ތިން އޮފސަރުން ބަދަލުކޮށްފައި ވަނީ އިދިކޮލު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އަށް ތާއިދުކުރާކަން ހާމަކޮށްފައިވާ ބަެއްފަރާތްތަކުގެ ވަޒީފާ އެހެން ރައްރަށަށް ބަދަލުކޮށް އަނެއްބަޔަކު ވަޒީފާއިން ކަކިކޮސްފައިވާ ދަންޑިވަޅުގައި އެވެ.
މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ޖަލުގައި ބަންދުކުރި ޢަބްދުﷲ ރަޝީދު ވަނީ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން މަރުވެފައެވެ.