އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ފަހި މާހައުލެއް ހޯދައިދޭނަން: އިބޫ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ފަހި މާހައުލެއް ހޯދައިދޭނަން: އިބޫ
ކޯލިޝަންގެ ވެރިކަމުގައި އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ފަހި މާހައުލެއް ހޯދައިދޭނެކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ފަހި މާހައުލެއް ހޯދައިދިނުމާއެކު ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރާނެ ކަމަށެވެ.

އިބޫ މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.






މިއަދު އޮންލައިން