ފުވައްމުލައް ސިޓީގައި މީހެއްގެ ކަރަށް ވަޅި ހަރާ ޒަހަމް ކޮށްލައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ 20:20 ހާއިރު ފުވައްމުލަކުގައި މާރާމާރީއެއް ހިނގައިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މާރާާރީ ހިނގާފައި ވަނީ ކޮން ރަށެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.
މިހާދިސާގައި ޒަހަމް ވެފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް އެސިޓީގެ ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ކަރަށާއި އަރިކައްޓަށް ވަނީ ވަޅިން ހަމަލާދީފައެވެ. ލިބުނު ޒަހަމް ތަކުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.