ފުވައްމުލަކަށް ކުރެއްވި 1100 މިލިއަން ރުފިޔާގެ ޚަރަދެއް ކުރެއްވިނަމަ، ތަފްސީލު ދެއްވާ: ޝާހު

ކިޔުމަށް ހޭދަވާނީ 51ސ
ފުވައްމުލަކަށް ކުރެއްވި 1100 މިލިއަން ރުފިޔާގެ ޚަރަދެއް ކުރެއްވިނަމަ، ތަފްސީލު ދެއްވާ: ޝާހު



މިސަރުކާރުން ފުވައްމުލަކު ސިޓީގައި ހިންގި ތަރައްގީގެ މަޝްރޫއުތަކަށް 1.1 ބިލިއަން (1100 މިލިއަން) ރުފިޔާ ޚަރަފުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެފައިވާއިތު، އެޚަރަދުތަކުގެ ތަފްސީލު ދެއްވުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ގޮވާލައްވައިފިއެވެ.

ރޭގެ ވަގުތެއްގައި ޝާހް ކިރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުވައްމުލަކަށް 1100 މިލިއަން ރުފިޔާ ޚަރަދު ކުރިނަމަ، އެފައިސާ ޚަރަދުކޮށްފައިވާ ގޮތުގެ ތަފްސީލު ބޭނުންވާ ކަމަށެވެ.

"މި ފަސް އަހަރު ފުވައްމުލަކަށް 1100 މިިލިއަން ރުފިޔާ ޚަރަދު ކުރިނަމަ އޭގެ ތަފްސީލު ރައްޔިތުންނަށް ދެއްވާ. ތިޔަ ފައިސާއަށް ވީގޮތެއް ރައްޔިތުން ބަލަން ބޭނުން." ޝާހުގެ ޓްވީޓުގައި ވެއެވެ.
މިއަދު އޮންލައިން