އެންސިސްގެ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި ޒުވާނެއް ހައްޔަރު ކޮށްފި
އެނަސިސްގެ ފައިސާ ފޭރުނު މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި އެމީހާ ހައްޔަރު ކޮށްފައިވަނީ ފިލައިގެން އުޅެނިކޮށް މ. މުލިން، އިއްޔެގެ ވަގުތެއްގައެވެ.
މިމައްސަލައިގައި މިހާތަނަށް ފަސް މީހުން ހައްޔަރު ކުރެވިފައިވާއިރު، އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތަކަށް 14 ދުވަސް ޖަހާފައިވެއެވެ