ދުވާފަރުގައި ވެސް ރޭ މީހެެއް ގަޔަށް ވަޅި ހަރައިފި

ކިޔުމަށް ހޭދަވާނީ 38ސ
ދުވާފަރުގައި ވެސް ރޭ މީހެެއް ގަޔަށް ވަޅި ހަރައިފި

ރ. ދުވާފަރުގައި ރޭ ހިނގި ހަމަނުޖެހުމެއްގައި، މީހެއްގެ ބުރަކައްޓަށާއި ބަނޑަށް ވަޅި ހަރާ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފިއެވެ.

ދުވާފަރު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ރޭ ދަންވަރު 1:00 ޖަހާކަން ހާއިރު ހިނގި އެމާރާމާރީގައި ޒަހަމް ވެފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބުރަކަށިން ދެތަނަކަށް ވަޅި ހަރާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކައުންސިލް އިދާރާ ކައިރީގައި ހިނގި އެމާރާމާރީގައި ޒަހަމްވި މީހާއަށް ފަރުވާ ދޭން ދުވާފަރު ހެލްތު ސެންޓަރަށް ގެންދެވުން ކަމަށާއި ނަމަވެސް ފަހުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ދުވާފަރުގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިއަދު އޮންލައިން