މިރޭ ބާއްވާ "އެމް.އެން.ޔޫ ރިޔާސީ ބަހުސް 2018" ގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ

ކިޔުމަށް ހޭދަވާނީ 27ސ
މިރޭ ބާއްވާ "އެމް.އެން.ޔޫ ރިޔާސީ ބަހުސް 2018" ގައި ރައީސް ޔާމީން  ބައިވެރިވެވަޑައިގަންނަވާނެ
މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އެމް.އެން.ޔޫ. ރިޔާސީ ބަހުސް 2018" ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރިޔާސީ ބަހުސް އޮތީ މިރޭ 9:00 ގައި އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމް ގައެވެ. މިބަހުސް ރާއްޖޭގެ ޓީވީ ޗެނަލްތައް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ވެސް ރިޔާސީ ބަހުސް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން