އީސީން ބުނާ ބަހާ ދޭ ޓްރޭނިންއާ ދިމައެއް ނުވޭ، ސޮފްޓްވެއަރ ނެރޭ ނަތީޖާ ޤަބޫލެއް ނުކުރާނަން: އިދިކޮޅު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އީސީން ބުނާ ބަހާ ދޭ ޓްރޭނިންއާ ދިމައެއް ނުވޭ، ސޮފްޓްވެއަރ ނެރޭ ނަތީޖާ ޤަބޫލެއް ނުކުރާނަން: އިދިކޮޅު
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނާ ބަހާއި ދޭ މައުލޫމާތާއި ހަމައެކޮމިޝަނުން ދޭ ޓްރޭނިންގ ތަކުގައި ދެމުން ގެންދާ މައުލޫމާތާއި ދިމާނުވާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

ކޯލިޝަނުން މިއަދު ބުނީ އީސީ އިން ބުނަމުން ގެންދަނީ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދާނީވެސް އަދި ނަތީޖާ އިއުލާނުކުރާނީވެސް މީގެ ކުރިންވެސް އަމަލު ކުރަމުން އައި ގޮތަށް ކަމަށް ނަމަވެސް އިންތިޚާބަށް މޮނިޓަރުން ތަމްރީނުކުރަން ހިންގާ ޕްރޮގްރާމްތަކުގައި މައުލޫމާތު ދެމުން ގެންދަނީ ބުނާ ބުނުމާއި ޚިލާފަށް ކަމަށެވެ.

ކޯލިޝަނުން ބުނީ މީގެ ކުރިން ވެސް ވޯޓުލައި ނިމުމުން ނަތިޖާ އިއުލާނު ކުރަނީ އަދަދުތައް ކަރުދާހުގައި ލިޔެ ކަމާއި ބެހޭ ފަރާތްތަކުން އެއިގައި ސޮއިކުރުމުން ކަމަށެވެ. އެހެންކަމުން މިފަހަރުވެސް އެކަން ކުރަންޖެހޭނީ އެގޮތަށް ކަމަށެވެ.

ކޯލިޝަނުން ބުނީ ނަތީޖާ އިއުލާނުކުރަން ސޮފްޓްވެއަރއެއް ބޭނުންކުރަން ނިންމާފައިވާއިރު ސޮފްޓްވެއަރއިން ނެރޭ ނަތީޖާ ޤަބޫލު ނުކުރާނެ ކަމަށެވެ. "އެ ސޮފްޓްވެއަރއަކަށް އެއްވެސް އިތުބާރެއް ނެތް. ޓެބްލެޓްތަކަށް ނޫނީ އެނޫންވެސް ވަސީލަތަކުން ކޮންމެ މައުލޫމާތެއް އެޅި ނަމަވެސް އެ ސޮފްޓްވެއަރ އިން ނުކުންނަ ނަތީޖާ ތަފާތުވެދާނެ. ރައްޔިތުންގެ ވޯޓުން ތާއީދު ނުލިބުނު ނަމަވެސް ވެރިކަމުގައި ހުންނަވާނީ ރައީސް ޔާމީނު ކަމަށް އެބުނަނީ މިފަދަ ބޮޑު މަކަރެއް ހަދަންވެގެން ކަމަށް ޤަބޫލުކުރެވެނީ."

ކޯލިޝަނުން މިއަދުވެސް ބުނީ ވޯޓު ފޮށިތަށް ކައިރީގައި މީގެ ކުރިން ބާއްވަނީ އެފޮށްޓަކަށް ވޯޓުލާ ބައެއްގެ ލިސްތު ކަމަށާއި ނަމަވެސް މިފަހަރު މަސައްކަތް ކުރަނީ ވޯޓުލާ އެންމެންގެ ލިސްޓް ހުރިހާ ވޯޓުފޮށިތަކެއް ކައިރީގައި ބާއްވަން ކަމަށެވެ. މިއީ ވެސް ވޯޓަށް ނުފޫޒު ފޯރުވަން ކުރަން އުޅޭ ކަމެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ކޯލިޝަނުން މިއަދު ވަނީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާ ގޮތާއިމެދު ކޯލިޝަނުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހާމަކޮށްފައެވެ.

ކޯލިޝަނުން ނޫސްވެރިންނަށް ދިން މައުލޫމާތު (އޯޑިއޯ):
މިއަދު އޮންލައިން