އީސީގެ ވެރިން ﷲ އަށް ބިރުވެތިވެ ވޯޓު އޮޅުވާލާކަމަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުކުރުމަށް ޝައިޚް ޢަލީ ޒައިދް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އީސީގެ ވެރިން ﷲ އަށް ބިރުވެތިވެ ވޯޓު އޮޅުވާލާކަމަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުކުރުމަށް ޝައިޚް ޢަލީ ޒައިދް ގޮވާލައްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެރިން ﷲ ތަޢާލާއަށް ބިރުވެތިވުމަށާއި ވޯޓު އޮޅުވާލާ ކަމަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުކުރެއްވުމަށް އައްޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ވޯޓު ގުނުމަށްފަހު ފުރަތަމަ ޖެހޭނީ ނަތީޖާ އިއުލާނުކުރަން ކަމަށާއި އެންޓަރކުރާ އެއްޗަކަށް އެންޓަރކުރަންވާނީ ނަތީޖާ އިއުލާނުކުރުމަށްފަހުގައި ކަމަށެވެ.

އަދުލުވެރިވާންޖެހޭނެ ކަމަށާއި ރައްޔިތުން އެދެނީ ދެފުށް ފެންނަ އިންތިޚާބަކަށް ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.

"އީސީގެ ވެރިން ﷲ އަށް ބިރުވެތިވުމަށް ގޮވާލަން! ވޯޓު އޮޅުވާލާ ކަމަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ކުރައްވައިގެން ނުވާނެ.! ވޯޓު ގުނާފަ ފުރަތަމަ ޖެހޭނީ އިއުލާނުކުރަން.! އެއަށްފަހު އެންޓަރކުރާ އެއްޗަކަށް އެންޓަރކުރަންވާނީ! އަދުލުވެރިވާންޖެހޭނެ! ރައްޔިތުން އެދެނީ ދެފުށް ފެންނަ އިންތިޚާބެއް!"

މިއީ އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.


މިއަދު އޮންލައިން