ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް ޚާއްސަ ސައިކަލު ލޮޓަސް އިން ހިލޭ!

ކިޔުމަށް ހޭދަވާނީ 57ސ
ހާއްސައެހީ އަށް ބޭނުންވާ  މީހުންނަށް ޚާއްސަ ސައިކަލު ލޮޓަސް އިން ހިލޭ!
ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން އުފައްދާފައި ހުންނަ ތިން ފުރޮޅުލީ ސައިކަލު، އެފަރާތްތަކަށްޓަކައި ލޮޓަސް ބައިކް ޝޮޕުން ހިލޭ ދޫކުރަން ނިންމައިފިއެވެ.

ލޮޓަސް ބައިކް ޝޮޕުން އޭގެ 30 ސައިކަލު މާލެ ގެނެސްފައިވާއިރު، މިސައިކަލުތަކަކީ ކަރަންޓުން ޗާޖުކޮށްގެން ދުއްވޭ ސައިކަލެކެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ އުޅަނދެކެވެ.

އާއްމުގޮތެއްގައި 12000 ރުފިޔާ އަށް ވިއްކާ މިސައިކަލު މިފަހަރު ލޮޓަސް އިން ނިންމާފައިވަނީ، މިސައިކަލު ވިއްކުމުގެ ބަދަލުގައި ހިލޭ ބަހާށެވެ.

"ގިނަ މީހުން އަޅުގަނޑުމެން ގާތު އެދިފައިވަނީ ސައިކަލު ގަންނަން. ނަމަވެސް އަޅުގަނޑުމެން ބޭނުންވީ، މިއީ ގިނަ ބަޔަލަށް ވެވޭ އެހީއެއް ކަމުން ހިލޭ ދޭން" ލޮޓަސް ބައިކްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

އަންނަ ހަފްތާގައި ދޫކުރަން ފަށާ މިސައިކަލު ހޯދުމަށް މިހާރުވެސް މާލެ އާއި އަތޮޅު ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާފައިވީ ނަމަވެސް، އެތަކެތި ދޭނީ ޑޮކްޓަރުގެ ލިޔުމާއި އައިޑީކާޑު ހިފައިގެން ދިޔުމުން ކަމަށާއި ސައިކަލު ދެވޭނީ އެއީ ނުކުޅެދޭ މީހެއްކަން ޔަގީން ކުރުމަށް ފަހު ކަމަށް ވެސް ލޮޓަސް އިން ބުނެއެވެ.
މިއަދު އޮންލައިން