ބިންހިއްކައި ކ ކާށިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ ކެމްޕޭން ދަތުރުފުޅުގައި މިއަދު ކާށިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އިބޫ ވިދާޅުވީ ކާށިދޫ ފަޅުން ބިންހިއްކައި ރިޒޯޓެއް ތަރައްޤީ ކުރުމުގެ ބައެއް މަސައްކަތްތައް އެމްޑިޕީގެ ސަރުކާރުގެ ދުވަސްވަރުވެސް ކުރިޔަށްގެންދެވުނު ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ކާށިދޫގެ ފަޅުތެރެއިން ބައެއް ހިއްކައި ރިޒޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއު ފައްޓަވާނެ ކަމަށެވެ.
"މިރަށުގެ ފަޅުތެރެއިން ބައެއް ހިއްކައި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ސިޔާސަތު އޭރުވެސް އަޅުގަނޑުމެންގެ އޮތް. އިރާދަކުރެއްވިއްޔާ އެކަމުގައި ކުލަޖެހި އަޅުގަނޑުގެ ވެރިކަމުގައި އެކަމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ." އިބޫ ވިދާޅުވިއެވެ.