"ރައީސް ޢަބްދުﷲ ޔާމީނުގެ އަތްޕުޅު ނޫނީ ފައިންޕުޅު ނެތި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ކަމެއް ނުނިންމާ!" ކަމަށް ޤާނޫނީ ވަކީލު ޙުސްނުއްސުޢޫދު ތުހުމަތު ކުރައްވައިފިއެވެ.
"މިހިނގާ އެއްވެސް ކަމެއްގަ ރައީސް ޔާމީނުގެ އަތެއް ނެތި، އަތް ނެތިއްޔާ ފައި ނޫނީ މިއިން އެއްވެސް ތަނެއް ނެތި ނުދާނެ. އެއީ އަޅުގަނޑަށް ހަމަ ވަރަށް ޔަޤީން ކަމެއް. ރާއްޖޭގަ މިހާރު މިދައުލަތް އިންތިޒާމުކުރެވިގެން ސަރުކާރު ހިނގަމުންދާ ބައްޓަމަށް ބަލާއިރު ހުރިހާ ކަމެއް ގޮސް ޖެހެނީ ރައީސް ޔާމީނުގެ ބޮލުގަ. އެހެންވީމާ އޭނަގެ ރޭވުމެއް ނެތި މިއިން އެއްވެސް ކަމެއް ނުހިނގާނެ އިނގޭތޯ! ރާއްޖޭގެ ކޯޓުތަކާ ފުލުހުން މެދުވެރިކޮށް ކުރާ ކަންކަމުގަ އެމަނިކުފާނުގެ ފުރިހަމަ ދައުރެއް އެބައޮވޭ! އެކަން އެމަނިކުފާނު ވެވަޑައިގެންނެވި އިއުތިރާފުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ އެނގޭ. އެހެންވީމާ އެއަށްވުރެ ދުރަކަށް ދާކަށްވެސް ނުޖެހޭ."
ނޫސްވެރިންގެ ބައްދަލުވުމުގައި ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަފުޅުން-
ޙުސްނުއްސުޢޫދު ވިދާޅުވީ 23 ސެޕްޓެމްބަރުގައި މިލިބެނީ މިހާލަތުން ރާއްޖެ ސަލާމަތްކުރަން ލިބޭ ރަނުގެ ފުރުޞަތެއް ކަމަށާއި 24 ސެޕްޓެމްބަރަށް ދާއިރު މިސަރުކާރު ނިމިފައިވާނެކަމަސް އުންމީދު ކުރައްވާ ކަމަށެވެ.
ޙުސްނުއްސުޢޫދު މިމޭރުމުން ވިދާޅުވެފައިވީނަމަވެސް ރައީސް ޔާމީނު ތަކުރާރު ކުރައްވައި ވިދާޅުވަމުން ގެންދަވަނީ އެއްވެސް މުއައްސަސާއަކަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާ ކަމަށެވެ.
ޙުސްނުއްސުޢޫދުގެ ވާހަކަފުޅު (އޯޑިއޯ):