މިއަދު ރާއްޖޭގަ މިހިންގަނީ ގޭންގެއްތޯ ނުވަތަ ސަރުކާރެއްތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ހިނގައްޖެ: ހުސްނުއްސުޢޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މިއަދު ރާއްޖޭގަ މިހިންގަނީ ގޭންގެއްތޯ ނުވަތަ ސަރުކާރެއްތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ހިނގައްޖެ: ހުސްނުއްސުޢޫދު
މިއަދު ރާއްޖޭގައި މިހިންގަނީ ގޭންގެއްތޯ ނުވަތަ ސަރުކާރެއްތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށް ޤާނޫނީ ވަކީލު ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޙުސްނުއްސުޢޫދު މިއަދު ވިދާޅުވީ ކޮލަމާފުށީގައި ޕީޕީއެމްގެ ސަޕޯޓަރުުންނާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ހިގައި ދިއައީ ޒުވާބެއް ކަމަށާއި ނަމަވެސް ހައްޔަރުކުރީ އެމްޑީޕީގެ ބައެއް ކަމަށެވެ. އަދި ހައްޔަރުކުރުމަށްފަހު ކޮށްފައިވާ ތުހުމަތުތަކުގެ ލިސްޓު ދިގުކަމުން ހީވަނީ ސަރުކާރުން މީހަކު ކައިލަން އުޅޭހެން ކަމަށެވެ.

"ދެބައެއްގެ މެދުގައި ޒުވާބެއް ކުރީ. މާރާމާރީއެއްވެސް ހިނގީ. ދެން ކީއްކުރަންތޯ ރައްޔިތަކަށް ފަހުމް ނުވާވަރުގެ ކުށުގެ ދިގު ލިސްޓެއް ހަދައި ހަވާލުކުރަންވީ. ކުށަކީ ޒުވާބު ކުރުމާ މާރާމާރީ ހިންގުން. އެވަރުން ފުދޭނެ."

ހުސްނުއްސުޢޫދު ވިދާޅުވީ އެއްކަމެއް ކުރި ދެބައެއްގެ ތެރެއިން އެއްބައަކު ހައްޔަރުކޮށް ކަންކަން ކުރާތީ ވަރަށް ގިނަ ސުވާލުތައް އެބަހުރި ކަމަށެވެ. އަދި އެމީހުންނަކީ ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގި ބައެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "ބޭނުން ވުމުން މަގުމަތީގަ ހުރެގެން މީހަކު ދައްކާ ވާހަކަވެސް ހަދަނީ ޓެރަރިޒަމަށް. ދެ މީހަކު ޒުވާބު ކުރުމުން ހަދަނީ ޓެރަރިޒަމަށް."

ޙުސްނުއްސުޢޫދު ވިދާޅުވީ ޤައުމުތަކުގައި ޓެރަރިޒަމް ކަމަށް ޤަބޫލުކުރާ އަމަލުތަކާއި އދ އިން ޓެރަރިޒަމް ކަމަށް ބަލައިގެންފައިވާ ކަންކަން ވަރަށް ސާފުކޮށް އެނގެން ހުރިއިރު ރާއްޖޭގައި އަމަލުކުރަމުން ގެންދަނީ ވަރަށް ތަފާތުކޮށް ކަމަށެވެ.
މިއަދު އޮންލައިން