އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގެ މައުލޫމާތު މިހާތަނަށްވެސް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ހާމަނުކުރާތީކަންބޮޑުވެވަޑައިގަންނަވާކަމުގައި އިއްތިހާދުގެ ރިޔާސީކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ މީގެ ކުރިންވެސް ކޮންމެ ފަހަރަކުވެސް އިންތިޚާބަށް ވޯޓުކަރުދާސް ޗާޕުކުރި ތަނަކާއި އަދަދު ކޮމިޝަނުން އައީ ހާމަކުރަމުން ކަމަށެވެ. އެކަމަކު މިފަހަރު އެކަން ހާމަނުކޮށް ލަސްވަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމަށް ހަދުވަހަށް ކުޑަތަންވެފައި ވާއިރު އިންތިޚާބު އޮންނަ ދުވަހު ހަމަނުޖެހުންތައް ހިނގާނެ ކަމަށް ފުލުހުން ބުނުމާއި ކެންޑިޑޭޓުން ސޮއިކުރި ވޯޓާސް ލިސްޓް ނުދީ ހިފަހައްޓަމުން ދިޔުމާއި ވޯޓު ކަރުދާސް ޗާޕްކުރި ގޮތުގެ މައުލޫމާތު ހާމަ ނުކުރުމާއި، އަދި އިންތިޚާބުގެ ވޯޓު ގުނުމުގައި ޓެބްލެޓް ބޭނުން ކުރާނެ ކަމުގެ ކަންބޮޑުވުންވެސް ހިމެނޭ ކަމަށެވެ.