ރައީސް ޔާމީނަކީ ޗޮއިސްއެއް ނޫން: އަމީން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ރައީސް ޔާމީނަކީ ޗޮއިސްއެއް ނޫން: އަމީން
ރައީސް އަބުދުﷲ ޔާމީނަކީ ދިވެހި ރައްޔިތުންނަށް އޮތް ޗޮއިސްއެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަދި ކުރީގެ ވަޒީރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮތް ހަމައެކަނި "ޗޮއިސް"އަކީ ރައީސް ޔާމީންކަމަށް އެމަނިކުފާނު ވިދާޅުވެފައިވުމާއި ގުޅިގެންނެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި އަމީން އިބްރާހިމް ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންނަށް އޮތް ޗޮއިސްއެއް ނުވަތަ އިޚްތިޔާރެއް ނޫންކަން އެއީ ވަރަށް ސާފުކަމެއްކަމަށެވެ. މިއަދުވެސް ދިވެހި ރައްޔިތުންނާއި ސުވާލުކޮށްފިނަމަ ކޮންމެ 10 މީހަކު 8 މީހަކު ރައީސް ޔާމީނަށް ބުނާނީ ނޫނެކޭކަމަށާ އެއީ ރައްޔިތުންނަށް އެހެން ޗޮއިސްއެއް އޮތްކަން ހާމަކޮށްދޭކަމެއްކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ރައީސް ޔާމީނަކީ ޗޮއިސްއެއްކަމަށް ދެކިގެން ނޫންކަމަށާ އެބަހުސްކުރަންވެސް ރައްޔިތުން ބޭނުންނުވާކަމަށެވެ.


މިއަދު އޮންލައިން