ފަރުޟު ޙައްޖުވުމަށް ޕެންޝަން ފަންޑުގަ ހުންނަ ފައިސާ ބޭނުންކުރެވޭނެ: ކޯލިޝަން މެނިފެސްޓޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ފަރުޟު ޙައްޖުވުމަށް ޕެންޝަން ފަންޑުގަ ހުންނަ ފައިސާ ބޭނުންކުރެވޭނެ: ކޯލިޝަން މެނިފެސްޓޯ
ފަރުޟު ޙައްޖުވުމަށް ޕެންޝަން ފަންޑުގައި ހުންނަ އެމީހެއްގެ ފައިސާ ބޭނުންކުރެވޭނެ ކަމަށް ކޯލިޝަން މެނިފެސްޓޯގައި ހިމަނައިފިއެވެ.

މީގެ މާނައަކީ ޙައްޖު ވުމުގެ އަގަކީ 70،000 ރުފިޔާ ކަމަށްވެފައި އެމީހެއްގެ އަމިއްލަ ފައިސާއިން 35،000 ރުފިޔާ ޖަމާކުރެވިއްޖެނަމަ ޙައްޖު ވެވޭނެ ކަމެވެ. އެއީ އެއަދެދާއި އެއްވަރުގެ އަދަދެއް ވަޒީފާ ދިން ފަރާތުން ލައިދީފައިވާނެތީ އެކައުންޓުގައި 70،000 ރުފިޔާ ހަމަވެފައި ހުންނާނެތީއެވެ.

މިކަމަކީ ޕެންޝަން ސްކީމް އުފެއްދީންސުރެ ގިނަ ބައަކު އެދެމުން އައިސްފައިވާ ކަމެކެވެ.

މީގެ އިތުރުން ޙައްޖުވުމާއި އުމުރާ ވުމުގެ ކަންކަން އިތުބާރު ހުރި ގޮތަކަށް ހަމަޖައްސާނެ ކަމަށްވެސް ކޯލިޝަން މެނިފެސްޓޯގައި ބުނެފައިވެއެވެ. މާނައަކީ ގޮތް ނުއެނގޭ ބައަކަށް ކޯޓާތައް ލިބި ސިއްރިޔާތުގައި ކަންތައްތައް ނުހިންގާނެ ކަމެވެ.
މިއަދު އޮންލައިން