ޤައުމީ ޓީމާއެކު A 380 ފްލައިޓު އާ ރަންވޭ އަށް މާދަމާ ޖައްސަނީ

ކިޔުމަށް ހޭދަވާނީ 48ސ
ޤައުމީ ޓީމާއެކު A 380 ފްލައިޓު އާ ރަންވޭ އަށް މާދަމާ ޖައްސަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމް ކޮށްފައިވާ އާ ރަންވޭ ހުޅުވުމަށްޓަކައި A 380 ފްލައިޓް މާދަމާ ޖައްސާނީ މިފަހަރުގެ ސާޕް ޗެމްޕިއަންޝިޕް 2018 ޝަރަފުވެރި ކަމާއެކު ކާމިޔާބުކުރި ދިވެހި ޤައުމީ ޓީމާއެކު ކަމަށް ޕީޕީއެމް ގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ޕައިލެޓަކު އޮޕަރޭޓްކޮށް ދުއްވާ A 380 ފްލައިޓު މާދަމާ ހަވީރު 16:30 ގައި އާ ރަންވޭގައި ޖައްސާނެ ކަމަށާއި އެފްލައިޓު އަންނާނީ ދިވެހި ރާއްޖޭގެ ޤައުމީ ޓީމާއެކު ކަމަށެވެ.

ރާއްޖޭގެ ޤައުމީ ޓީމު އިންޑިއާ ބަލިކޮށް މިސަރަޙައްދުގެ ޗެމްޕިއަންކަން ހޯދާފައިމިވަނީ، އެންމެ ފަހުން އެޝަރަފުވެރި މަގާމު ހޯދިތާ 10 އަހަރު ފަހުންނެވެ. އެންމެ ފަހުން އެމަގާމު ރާއްޖެ ހާސިލް ކޮށްފައިވަނީ 2008 އަހަރުއެވެ. އެއަހަރުވެސް ފައިނަލުގައި ރާއްޖޭގެވާދަކޯށްފައިވަނީ އިންޑިއާގެ ޤައުމީ ޓީމާއެވެ.

މިއަދު އޮންލައިން