މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރ. ދުވާފަރުގައި ހިނގި މާރާމާރީ އެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި ޒުވާނާއަށް މިހާރު އައިޖީއެމްއެޗް އިން ފަރުވާ ދޭން ފަށާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި އުމުރުން 21 އަހަރުގެ އެޒުވާނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންދެވިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ސަރޖަރީއެއް ކުރުމަށްފަހު މިހާރު އޭނާ ވަނީ އެހޮސްޕިޓަލުގެ ސަރޖިކަލް ވޯޑުގައި އެނދުމަތި ކުރެވިފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގާފައިވާ އެމާރާމާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ދެ މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހަމަލާގައި ޒަހަމްވި މީހާގެ ބުރަކައްޓަށާއި ބަނޑަށް ވެސް ހަމަލާ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.