ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް ލަމްއާން

ކިޔުމަށް ހޭދަވާނީ 39ސ
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް ލަމްއާން
ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް މުޙައްމަދު ލަމްއާން މިއަދު އައްޔަނު ކޮށްފިއެވެ.

މާލެ އާއި އަތޮޅު ތެރޭގެ އެކި ރަށްރަށުގެ ކަރަންޓާއި ފެނުގެ ޚިދުމަތް ދޭ ކުންފުނި ކަމުގައިވާ ފެނަކަައިގެ އެމްޑީ އަކަށް ޕްރައިވެޓައިޒޭޝަން ބޯޑުން ލަމްއާން އައްޔަނު ކުރިއިރު، އޭނާ މިހާތަނަށް ހުންނެވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމުގައެވެ. އޭގަފަހުން މިއަހަރުގެ މާރޗް މަހުގެ 29 އިން ފެށިގެން އޭނާ ހުންނެވީ އެކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ލަމްއާން ގެ ކުރިން ހުންނެވީ، މިހާރުގެ އިލެކްޝަންސް ކޮމިޝަން ގެ ރައީސް އަހުމަދު ޝަރީފް އެވެ.
މިއަދު އޮންލައިން