ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑި އިރުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރުކުރާއިރު ބައެއް ރައްތަކަށް ގުގުރުން ވެސް އެކަށީގެން ވާނެ ކަމަށެވެ.
ދެކުނު ގެ ސަރަހަށްދު ތަކުގައި ވައި ޖެހޭނީ ދެކުނާއި ހުޅަނގު ދެކުނަށް ގަޑިއަކު ފަސް މޭލާއި 15 މޭލުގެ ދެމެދުގެ ބާރުމިނުގައި އެވެ. އަދި އެހެން ހިސާބުތަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލުގެ ދެމެދުގައިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް ފިޔަވާ އެހެން ހިސާބުތަކުގެ ކަންޑުތައް އާދައުގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.