ޕީޕީއެމްގެ ސައިޒު ދައްކާ ޖަލްސާގައި 20000 ގޮނޑި ޖަހަނީ

ކިޔުމަށް ހޭދަވާނީ 1މ 21ސ
ޕީޕީއެމްގެ ސައިޒު ދައްކާ ޖަލްސާގައި 20000 ގޮނޑި ޖަހަނީ
ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލަން މާދަމާ ވެލިދަނޑު ސަރަހައްދުގައި ބާއްވާ ޖަލްސާގައި 20000 ގޮނޑި ޖަހާނެކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވާހަކަފުޅުދައްކަމުން ވިދާޅުވީ ވެލިދަނޑުގައި ބާއްވާ ޖަލްސާއަށް އެންމެ އުތުރުންނާއި ދެކުނުން، ވައިގެ މަގުން މީހުން ގެންނަމުންދާ ކަމަށާ އަދި އެހެން ސަރަހައްދުތަކުން ކަނޑުގެ މަގުން މީހުން އަންނަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ކަންޑުގެ މަގުން އަންނަ މީހުން ރޭ ފަތިހު ފުރާފައި ވާ ކަމަށާއި ވައިގެ މުގުން އަންނަ މީހުން ވެސް މިހާރު އަންނަ ފަށާފައިވާ ކަމަށެވެ.

ޖަލްސާއަށް އަންނަ މީހުންގެ ދަރުތަކުގެ ކަންކަން ވިލަރެސް ކުރަމުން ގެންދަވަނީ މެމްބަރު ޝާހިދުގެ ދަށުން ހާއްސަ ކޮމެޓީއަކުންނެވެ. އަދިޖަލްސާއަށް އަންނަ މީހުންނަށް މަރުހަބާ ކިޔުމަށް ހަމަޖެހިފައިވަނީ ބްރިޖު ބަލަން ހަދާފައިވާ ޕްލެޓްފޯމު މަތީގައި އެވެ.

ނިހާން ވިދާޅުވީ އަތޮޅުތެރެއިން އަންނަ މީހުންނަށް ގައުމީޓީމަށް މަރުހަބާ ދެންނެވުމަށް ތަށި ބަލާލުމުގެ ފުރުސަތުގެ އިތުރުން ބްރިޖު މަތީގައި ދަތުރުކުރުމުގެ ފުރުސްތުވެސް ލިބިގެން ދާނެ ކަމަށެވެ.
ޕީޕީއެމް އިން އަދި ޖަލްސާގައި ބައިވެރީވާ މީހުންގެ އަދަދު ލަފާކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޖަލްސާގައި 20000 ގޮނޑި ޖަހާނެކަށް ނިހާނު ވިދާޅުވިއެވެ.

މިޖަލްސާއަކީ އިދިކޮޅު ފަރާތް ތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާ ގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވުމުން ޕީޕީއެމް ގެ އަސްލު ސައިޒް ދައްކާލުމަޓަކައި ބާއްވާ ޖަލްސާއެކެވެ.
މިއަދު އޮންލައިން