ޤާނޫނުގަ އޮތް ގޮތާ ޚިލާފަށް ވޯޓު ގުނާނެ ފުރުޞަތެއް ރައްޔިތުން ނުދޭނެ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤާނޫނުގަ އޮތް ގޮތާ ޚިލާފަށް ވޯޓު ގުނާނެ ފުރުޞަތެއް ރައްޔިތުން ނުދޭނެ: އިބޫ
ރިޔާސީ އިންތިޚާބުގެ ވޯޓު ގުނަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ ޤާނޫނުގައި އެކަންތައް ކުރަން އޮތް ގޮތާއި ޚިލާފަށް ކަމަށާއި އެކަންތައް އެގޮތަށް ކުރުމުގެ ފުރުޞަތު ރައްޔިތުން ނުދޭނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

މ. ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެޑްވައިޒަރީ ކޮމިޓީން ނިންމާފައިވަނީ ވޯޓުލައި ނިމުމުން އޮފިޝަލުން ވޯޓު ކަރުދާސްތައް ބަރިބަރިއަށް އަޅައި ގުނައި ނަތީޖާ އިއުލާނުކުރަން ކަމަށެވެ. އަދި މައްސަލައެއް އޮތް ނަމަ ފަހުން ބަލަން ކަމަށެވެ.

އިބޫ ވިދާޅުވީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި ބަރިބަރިއަށް ކަރުދާސް އަޅަންޖެހޭނީ އޮފިޝަލުންނަށް ކަރުދާސްތައް ދެއްކުމަށްފަހުގައި ކަމަށެވެ. "މިއީ އަޅުގަނޑުމެން ދޫކުރާނެ ކަންކަމެއް ނޫން. ވޯޓު ގުނަން ޖެހޭނީ ރައްޔިތުންގެ ކުރިމަތީގަ. އޮބްޒަރވަރުންގެ ކުރިމަތީގަ. ކޮންމެ ކަރުދާސްކޮޅެއް ނަގައި އެބަ ދައްކަންޖެހޭ. މިއީ މިހައިތަނަށް އެކަން ކުރިގޮތް. ކަރުދާސްކޮޅުގައި ވޯޓުދީފައި އޮތީ ކާކަށްކަން ދައްކަން އެބަޖެހޭ."

އިބޫ ވިދާޅުވީ ޤާނޫނުގައި އޮތް ގޮތް ބަދަލުކުރަން ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި ރައްޔިތުން ތިބީވެސް އެގޮތަށް ޤާނޫނާއި ޚިލާފަށް ކަންތައްތައް ކުރަން ދޫ ކޮށްލާ ގޮތަކަށް ނޫން ކަމަށެވެ.

"މިހައިތަނަށް ކުރިމަތިކުރުވި ހުރިހާ ހުރަސްތަކެއް ގިރާކޮށް މިހިސާބަށް އައިސްފައި މިވަނީ. އިރާދަ ކުރެއްވިއްޔާ އެކަންވެސް އަޅުގަނޑުމެން ހައްލުކުރާނަން." އިބޫ ވިދާޅުވިއެވެ.

އިބޫގެ ވާހަކަފުޅު (އޯޑިއޯ):
މިއަދު އޮންލައިން