އިންތިހާބަށް އެމްޑީޕީން ހޯދާ ޓެކްނޮލޮޖީގެ ވާހަކަ މީޑިއާގައި އާންމުވުމާ އެކު ޕްރޮފެސަރއުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުގައި އެ ޓެކްނޮލޮޖީ ބޭނުންކުރުމަކީ ވޯޓުގައި މަކަރު ހަދާ ނަމަ އެކަން ދެނެގަނެވޭނެ އެއްޗެއް ކަމަށެވެ.
ފޭސް ޑިޓެކްޝަން އެންޑް ރިކޮގްނައިޒް ސިސްޓަމެއް ބޭނުންކުރަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ. އޭގެ ސަބަބުން އެކަކު ދެ ފަހަރު ވޯޓު ލާ ނަމަ އެކަން ދެނެގަނެވޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިދިއަ ހޮނިހިރުދުވަހު "މިހާރު"އަށް ވިދާޅުވީ ދިވެހި ޒުވާނުންތަކެއް ތައްޔާރުކުރި އެ ނިޒާމް ބޭނުންކުރަން ޖެހުނީ މިހާރު މި އޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިތުބާރުނުކުރާތީ ކަމަށެވެ. އެހެންވެ މިފަހަރުގެ އިންތިޚާބުގައި އެ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮފެސަރ އުގައިލް ވަނީ މޫނުން މީހާގެ އަސަރު ދެނެގަނެވޭ ސޮފްޓްވެއާއެއް އީޖާދުކުރައްވައިފަ އެވެ.
Implementation of real time face recognition technology at polling stations should help crack down potential voter fraud in the upcoming presidential election in the #Maldives. #MvElection18
— Professor Ugail (@ugail) September 15, 2018