ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަކަށް ވަޑައިގެން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް ރިކޯޑް ހަދައިފިއެވެ.
މިއަދު ދ. މާއެނބޫދު އަށް އިބޫ ވަޑައިގަތުމާ އެކު މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް އިބޫ އާއި ފައިސަލް މި ވަޑައިގަނެވުނީއެވެ. އެހެންނަމަވެސް ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުރިހާ ރަށަކަށް ވަޑައެއް ނުގެންނަވަ އެވެ.
މިފަހަރުގެ ކެމްޕޭންގައި 100 އަށް ވުރެ ގިނަ ރަށަށް އިބޫ ވަނީ ވަޑައިގެންފައެވެ. އަދި ފައިސަލް ވަނީ 80 އަށް ވުރެ ގިނަ ރަށަށް ވަޑައިގެންފައެވެ.