ސަރުކާރުގެ އަނިޔާތަކަށް ނޫނެކޭ މިއަދު ނުބުނެފިނަމަ އަޅުގަނޑުމެންގެ ދަރިންނަށް މާދަމާ މާބޮޑެތި އަނިޔާތައް ކުރިމަތިވާނެ: ޢައިޝާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ސަރުކާރުގެ އަނިޔާތަކަށް ނޫނެކޭ މިއަދު ނުބުނެފިނަމަ އަޅުގަނޑުމެންގެ ދަރިންނަށް މާދަމާ މާބޮޑެތި އަނިޔާތައް ކުރިމަތިވާނެ: ޢައިޝާ
މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ކުރަމުން ގެންދާ އަނިޔާތަކަށް ރައްޔިތުން ނޫނެކޭ މިއަދު ނުބުނެފިނަމަ އަޅުގަނޑުމެންގެ ދަރިންނަށް މާދަމާ މާބޮޑެތި އަނިޔާތައް ކުރިމަތިވާނެ ކަމަށް ޖޭޕީގެ ކައުންސިލް މެންބަރު ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މީދޫގައި ވާހަކަފުޅު ދައްކަވަމުން ޢައިޝާ މިއަދު ވިދާޅުވީ އެކަމަނާ އާއި އެކަމަނާ ފަދަ އެތައް މައިން މިއަދު ގެންދަނީ ސަރުކާރުގެ އަނިޔާތަކުން ލިބެމުންދާ ހިތާމަ އާއި ވޭންތައް އިޙްޞާޞް ކުރަމުން ކަމަށެވެ.

ޢައިޝާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވެ އުފާ ފާގަތިކަން ލިބެން އޮތް ގޮތަކީ މިއަނިޔާވެރި ސަރުކާރަށް ހުރިހާ ރައްޔިތުން އެކުގައި ނުކުމެ ނޫނެކޭ ބުނުން ކަމަށެވެ.

ޢައިޝާ އާއި ޓީމް މީދޫއަށް ދިއުމުން ގިނަބައަކު ނުކުމެ ވަނީ ވަަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ.

މީދޫ އިން ވާހަކަ ދެއްކެވި ބޭކަނބަލަކު ވިދާޅުވީ މީދޫ ރައްޔިތުން ތިބީ ވަކި ކުލައަކަށް ބަލައިގެން ވޯޓުދޭން ނޫން ކަމަށާއި ކޯލިޝަނުގެ ކެންޑިޑޭޓަށް ވޯޓުދީ ވެރިކަން ބަދަލުކުރަން ތައްޔާރަށް ކަމަށެވެ.
މިއަދު އޮންލައިން