ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމަށް 24 ގަޑިއިރު ތެރޭ 3000 ދުވުންތެރިން ރެޖިސްޓްރީ ވެއްޖެ

ކިޔުމަށް ހޭދަވާނީ 48ސ
ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމަށް 24 ގަޑިއިރު ތެރޭ 3000 ދުވުންތެރިން ރެޖިސްޓްރީ ވެއްޖެ
ދިރާގުގެ ފަފރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީއެމްއާރްއާރް) ގައި މިއަހަރު ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލިތާ 24 ގަޑިއިރު ތެރޭ 3000 މީހުން އެރޭޙުގައި ބައިވެރިވުމަށް ރެޖިސްޓްރީ ވެއްޖެއެވެ.

މިއަހަރުގެ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑު ރޭހުގައި، އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު ދިރާގުން ވަނީ ރޯޑްރޭހުގެ ޖާގަ 3000 ން 4000 އަށް އިތުރުކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކަށް ބަލާފައި މިރޭހަށް ލިބުނު ތަރުހީބުގެ ބޮޑުކަމުން ގެނައި ބަދަލެއް ކަމުގައި ދިރާގުން ބުނެފައިވެއެވެ.

2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން ގެންދާ ރޯޑު ރޭހުގެ މިއީ 12 ވަނަ އަހަރެވެ.

ދިރާގުން ބުނި ގޮތުގައި ރޯޑު ރޭހުގެ ވެބްސައިޓް http://dmrr.mv/ އިން ރޯޑް ރޭސްގައި ބައިވެރިވުމަށް ރެޖިސްޓަރ ވެވޭނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2018 ގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 16 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

މިއަދު އޮންލައިން