ހދ. ކުޅުދޫފުށީގައި ތަރަށްގީ ކުރަމުންދާ އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތްވ ނިމުމަށްފަހު އަންން ބުރާސްފަތި ދުވަހުގައި އެ އެއާޕޯޓަށް ޓެސްޓް ޕްލައިޓް ޖެއްސުމަށް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ނިމުނީ ރޭގެ ވަގުތެއްގައި ކަމަށާއި މިހާރު ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ފަޔާ ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުންޏެވެ.
އެ ކުންފުނިން އުންމީދު ކުރަނީ އަންނަ ބުދަ ދުވަހުގައި ޓެސްޓު ފްލައިޓު ޖައްސާއިރު އެ މަސައްކަތްތައް މާދަމާގެ ނިޔަލަށް ނިމޭނެ ކަމަށެވެ.
ކުޅުދޫފުށީގެ އެއާޕޯޓުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހުގައި ބާއްވާ އިންތިހާބުގެ ކުރިން ނިންމާލެވޭނެ މަކަށް، ރައީށް ޔާމީން ވަނީ ދިދާޅުވެފައި އެވެ.
ކުޅުދޫފުށީގެ ބައެއް މަގުތަކުގައި ތާރު އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފާހަގަ ކުރުމަށް، މިދިޔަ މަހު ފަހުކޮޅު އެމަނިކުފާނު އެރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާލުވީ، މާލެގައި ތިބި އެރަށުގެ މީހުން ވޯޓު ލުމަށް އަންނާނީ މަތިންދާ ބޯޓުން ގޮސްގެން ކަމަށެވެ.
މިދިޔަ އަހަރު ފައްޓަވައި ދެއްވި މި މަޝްރޫއު ދިގުލައި ދެމިގެން ދިޔައީ އެއާޕޯޓު އަޅަން ހަމަޖެހިފައިވާ ސަރަހައްދުގައި ހުސްކުރަންޖެހޭ 18 ގެތަކުގެ ތެރެއިން 12 ގެއެއް ހުސްކުރުން ލަސްވެގެން ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް އެ ގެތައް ހުސްކުރެވުމާއި އެކު ރަންވޭގެ މަސައްކަތް ނިންމާލާފައި ވާކަމަށް އެމްޓީސީސީ އިން ނުނެޏެވެ.
ކުޅުދޫފުށީ އެއަޕޯޓު އެޅުމަށް އެރަށުގެ ކުޅިން ނިވަ ހެކްޓަރާއި އެރަށުގެ ފަޅުން ހަ ހެކްޓަރުގެ ބިން ކިއްކާފައި ވެއެވެ.