އެގޮތުން މިއަދު އެމަނިކުފާނު ފ. ފީއަލިއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެންނެވުމުގެ އިތުރުން ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަން ސްޓޭޖް ހަދާފައި ވަނީ އެމަނިކުފާނުގެ ކެންޑިޑޭޓް ނަމްބަރު 2 ރަމްޒުވާ ގޮތަށް މޫދުގައެވެ.
ފީއަލި އަކީ ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި ރަށަކަށްވެފައި އެމްޑީޕީ އާއި އަދާލަތު އަދި ޖޭޕީ އާއި އެމްއާރުއެމް ގުޅިގެން މަސައްކަތްކުރާތީ ފީއަލިގެ ބޮޑު މެޖޯރިޓީއެއް ކޯލިޝަނަށް ތާއީދުކޮށް އިބޫ-ފައިޞަލަށް ވޯޓުދޭނެ ކަމަށް ވަނީ ބެލެވިފައެވެ.
މ. އަތޮޅު މުލަކަށް ވަޑައިގަތުމުން ވަނީ މިހައިތަނަށް ރާއްޖޭގެ ރަށަކުން އެރުވި އެންމެ ބޮޑު މާބޮނޑި ހަދިޔާކޮށްފައެވެ.
މުލަކު ރައްޔިތުންގެ ތެރެއިން އިބޫއަށް މަރުހަބާ ދަންނަވަން ނުކުތް ރައްޔިތުން ބުނެފައިވަނީ މީގެ ކުރީގެ އިންތިޚާބުތަކުގައި އެރަށުގެ މެޖޯރިޓީ އިދިކޮޅަށް ނުލިބުނީ ރައްޔިތުންގެ ގިނަ ބައަކު ރައީސް މައުމޫނަށް ތާއީދުކުރާތީ ކަމަށެވެ. އެހެންކަމާއިއެކު މިފަހަރުގެ އިންތިޚާބުގައި ރަށުގެ މެޖޯރިޓީ ބޮޑުތަނުން ކޯލިޝަނަށް ތާއީދުކޮށް ވޯޓުދޭނެ ކަމަށެވެ.