ވެލާނާ އިންޓަނޭޝަނަލް އެއާޕޮޓުގެ އާރަންވޭއަށް މާދަމާ ޖައްސާ އޭ380 ބޯޓު، 1000 ފޫޓު ތިރިން މާލެ ވަށާ ބުރެއް ޖަހާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެނގިފައިވާ ގޮތުގައި ވީއައިއޭ ގެ އާ ރަންވޭ އިފްތިތާހް ކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތަށް, ދުނިޔޭގައި މިހާތަނަށް ބޭނުންކުރާ ޕަސިންޖަރު މަތިންދާބޯޓު, ހުޅުލެއަށް ތިރިކުރާނީ މެންދުރުފަހު 15:30 ގައެވެ. އެބޯޓު ހުޅުލެއަށް ތިރިކުރާނީ ާލެ ވަށާ ބުރެއް ޖެހުމަށްފަހު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އާ ރަންވޭ ހުޅުވުމުގެ ރަސްިއްޔާތުގައި, އޭ 380 ބޯޓު ޖެއްސުމުގެ އިތުރުން އެމްއެންޑީއެފް އިން ޕެރެޝޫޓާއެކު ފުންމާލުުގެ ހަރަކާތާއި ސީޕްލޭޓް 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖެހުން ވެސް ހިމެނެއެވެ.