އެމްޑީޕީގެ މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމެއް ތައާރަފް ކުރާނެ ކަމަށް ބުނެފައި އޮތްބައި އިއްތިހާދުގެ މެނިފެސްޓޯއިން އުނިކޮށްފިއެވެ.
ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ހިމެނޭ ގޮތުން އެކުލަވައިލި "އެއްބައިވަންތަކަމުގެ ސަރުކާރު"ގެެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައި ހުއްޓަސް، ބަރުލަމާނީ ނިޒާމުގެ ވާހަކަ ވަނީ އުނިކޮށްފައެވެ.
އެމްޑީޕީ ފިޔަވައި، އެހެން ޕާޓީއަކުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ހުށަހަޅާފައެއް ވެސް ނުވެ އެވެ.
އިއްތިހާދުގެ މެނިފެސްޓޯ އެ ގައި ވަނީ މައިގަނޑު 7 ސިޔާސަތެކެވެ. އެއީ އިސްލާމް ދީނާއި ދައުލަތް ހިންގުމާއި ޖަޒީރާ ދިރިއުޅުމާއި އިގްތިސާދާއި ފަހުރުވެރި ދިވެހި އާއިލާ އާއި އޯގާތެރި ސަރުކާރުގެ އިތުރުން އިންސާފެެވެ.